ކ-ވ: ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު އަޒްމަތު ޢަބްދުﷲ އަދި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހީމް މަޢުރޫފް --
ކ-ވ: ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު އަޒްމަތު ޢަބްދުﷲ އަދި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހީމް މަޢުރޫފް --

އެފްބީއައިގެ ފަރާތުން އިންޑިއާގައި  ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގައި ދެ ފުލުހަކު ދަނީ ބައިވެރިވަމުންނެވެ.

އިންޑިއާގައި މި ނޮވެމްބަރު މަހުގެ 27 ން ފެށިގެން 5  ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ދެ ފުލުހުންނަކީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު އަޒްމަތު ޢަބްދުﷲ އާއި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހީމް މަޢުރޫފެވެ.

“އެފްބީއައި ލާޖް ވެހިކަލް ބޮމްބް ޕޯސްޓް ބްލާސްޓް” ގެ ނަމުގައި ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމަކީ ބޮމުގެ ހާދިޘާއަކަށްފަހު ތަންފީޒީ އިދާރާތައް ގުޅިގެން އެހާދިޘާ ހިނގާފައިވާ ސަރަޙައްދު ނުވަތަ ކްރައިމް ސީން މެނޭޖްކުރާނެ ގޮތްތައް ކިޔަވައިދީ އެކަމަށް އަހުލުވެރިކުރުމުގެ ގޮތުން ހިންގާ ތަމްރީން ޕްރޮގްރާމެކެވެ.