ކ-ވ: ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާޢޫދު އަދި  ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ސަމީރު --
ކ-ވ: ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާޢޫދު އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ސަމީރު --

ޗައިނާގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ޗައިނާ – ސައުތު އީސްޓް އޭޝިއާ އެންޑް ނެއިބަރިންގ ކަންޓްރީސް ކެޕިޓަލް ސިޓީސް ލޯ އެންފޯސްމަންޓް ކޯޕަރޭޝަން ކޮންފަރެންސް ” ގައި ބައިވެރިވުމަށް ފުލުހުންގެ ސީނިއަރ ދެ އޮފިސަރަކު ޗައިނާއަށް ފުރައިފިއެވެ.

ނޮވެމްބަރު މަހުގެ 28 ން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގައި ބައިވެރިވުމަށް ޗައިނާއަށް ފުރާފައިވަނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާޢޫދާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ސަމީރުއެވެ. މި ދެ އޮފިސަރުންވެސް ޗައިނާއަށް ފުރާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ދެ ދުވަހުގެ މުއްދަތަށް ޗައިނާގައި ކުރިއަށް ގެންދާ މި ކޮންފަރެންސަކީ ނިއު ސައުތު ވޭލްސް ޕޮލިސް ފޯސްގެ ފަރާތުން ލޯ އެންފޯސްމަންޓް ދާއިރާގައި މަސައްކަތްކުރާ އޮޕަރޭޝަނަލް ކޮމާންޑަރުންގެ މަޢުލޫމާތު މުއްސަނދިކުރުމަށާއި ދިމާވާ އިންސިޑެންޓްތަކާއި އެމަޖެންސީތަކުގައި ކަންކަން މެނޭޖްކުރާނެ ގޮތްތަކާއި ހުނަރުތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ލޯ އެންފޯސްމަންޓް ދާއިރާތަކަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.