ހުޅުމާލޭގައި ހިންގި އޮޕަރޭޝަނުގައި ބަލައިފާސްކުރި ގެއިން ފެނުނު ތަކެތި --
ހުޅުމާލޭގައި ހިންގި އޮޕަރޭޝަނުގައި ބަލައިފާސްކުރި ގެއިން ފެނުނު ތަކެތި --

ހުޅުމާލެ ޕޮލިސްއިން ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައިފާސްކޮށް ބަނގުރާފުޅިތަކަކާއި ބިޔަރު ދަޅުތަކަކާއެކު 4 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ހަތަރު ފިރިހެނުންނެވެ. މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނުގައި ހުޅުމާލޭގެ ގެއެއް ބަލައިފާސްކޮށެވެ.

އެގެ ބަލައިފާސްކުރިއިރު އެގޭގެ ގްރައުންޑް ފްލޯ އާއި ދެވަނަ ފަންގިފާލާއިން 5 ފުޅި ބަނގުރަލާއި 38 ދަޅު ބިޔަރު ފެނިފައިވެއެވެ. މިމައްސަލަ ހުޅުމާލެ ޕޮލިސް އިން ދަނީ ތަޙުޤީޤު ކުރަމުންނެވެ.