ބަނގުރާ ފުޅިތަކަކާއެކު ދެ މީހަކު މާލެއިން ހައްޔަރުކޮށްފި

ޕޮލިސް ސްޓާފް ސަރޖަންޓް ޖާވިދު އިސްމާޢީލް
ޑީއީޑީން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ދެމީހުން ގެންގުޅުނު ކޮތަޅުތަކުގެ ތެރެއިން ފެނުނު ބަނގުރާފުޅިތައް --
ޑީއީޑީން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ދެމީހުން ގެންގުޅުނު ކޮތަޅުތަކުގެ ތެރެއިން ފެނުނު ބަނގުރާފުޅިތައް --

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކަކާއެކު ދެ މީހަކު މާލެއިން ހައްޔަރުށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިިރިހެނަކާއި 20 އަހަރުގެ ފިރިހެނެކެވެ. މިދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ބޮޑުތަކުރުފާނު މަގު ސިނާއީ ސަރަޙައްދުގައި ދެ މީހަކު ޤަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގެ 22:35 ހާއިރު ސިނާއީ ސަރަޙައްދުގެ އުތުރު ފަރާތު ޖެޓީ ކައިރީގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.

އެދެމީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އެދެމީހުން ގެންގުޅުނު ކޮތަޅެއްގެ ތެރެއިން ފެނުނު ދެ ފޮށިގަނޑު ތެރެއިން 23 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް  10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.