ކ-ވ: ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޖުތަބާ ޢަބްދުއްސައްތާރު،  ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު،  އިންސްޕެކްޓަރ އޮފް ޕޮލިސް ޖަވީދު މުސާ އަދި ޗީފް އިންސްޕެކްޓަރ ޙަސަން ސަޢީދު --
ކ-ވ: ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޖުތަބާ ޢަބްދުއްސައްތާރު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު، އިންސްޕެކްޓަރ އޮފް ޕޮލިސް ޖަވީދު މުސާ އަދި ޗީފް އިންސްޕެކްޓަރ ޙަސަން ސަޢީދު --

ދިވެހި ފުލުހުންނަށް ލިބުނު ތަޢުލީމާއި ތަމްރީނު ފުރުޞަތުތަކެއްގައި ފުލުހުންގެ ސީނިއަރ ހަތަރު އޮފިސަރަކު ތުރުކީއަށާއި ވިއެޓްނާމަށް ފުރައިފިއެވެ.

މިތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން ތުރުކީގައި ކުރިއަށްދާ ޕޮލިސް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސް ޓްރެއިނިންގގައި ބައިވެރިވުމަށް ފުރާފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޖުތަބާ ޢަބްދުއްސައްތާރު އާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު އާއި އިންސްޕެކްޓަރ އޮފް ޕޮލިސް ޖަވީދު މުސާއެވެ. ތުރުކީ ޕޮލިސް އެކަޑަމީން  މި ނޮވެމްބަރު މަހުގެ 13 ން 17 އަށް ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ތިން ފުލުހުންވެސް ފުރާފައިވަނީ ނޮވެމްބަރު 11 ވަނަ ދުވަހުއެވެ.

ވިއެޓްނާމުގައި ކުރިއަށްދާ ޓްރާންސްނޭޝަނަލް ސައިބަރ ކްރައިމް އިންވެސްޓިގޭޝަން ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށްއެޤައުމަށް ފުރާފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަން ސަޢީދުއެވެ. ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަން ސަޢީދު ވިއެޓްނާމަށް ފުރާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.ނޮވެމްބަރު މަހުގެ 13 ން ޑިސެމްބަރު 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމަކީ އޭޝިއާ ރީޖަނަލް ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.