Hinmafushi1

ޕޮލިސް ކުލަބުގެ ފުޓްސަލް ޓީމާއި ކ. ހިންމަފުށީ ފުޓްސަލް ޓީމާ ދެމެދު އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފިއެވެ.

އިއްޔެ ހަވީރު ކ. ހިންމަފުށީ ފުޓްސަލް ދަނޑުގައި ކުޅުނު އެކުވެރިކަމުގެ މިމެޗަކީ ކުރިއަށް އޮތް ވައި18 ފުޓްސަލް މުބާރާތަށް ހިންމަފުށީ ފުޓްސަލް ޓީމު ތައްޔާރުވުމުގެ ގޮތުންނާއި ގުޅުން ބަދަހިކުރުމުގެ ގޮތުން ހިންމަފުށީ ކައުންސިލްގެ ދަޢުވަތަކަށް ކުޅުނު މެޗެކެވެ.

Hinmafushi2

މި މެޗުގައި ދެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު އެކުވެރިކަމުގެ މިމެޗު ކާމިޔާބުކޮށްފައިވަނީ ޕޮލިސް ކުލަބުގެ ފުޓްސަލް ޓީމެވެ. މިމެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ.