މަތިވެރި ޕޮލިސް ސްޓޭޝަނުން ނައްތާލި ބަނގުރާ ފުޅިތައް --
މަތިވެރި ޕޮލިސް ސްޓޭޝަނުން ނައްތާލި ބަނގުރާ ފުޅިތައް --

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން އއ. މަތިވެރި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ  ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އއ. މަތިވެރި ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައިއެވެ.

ނޮވެމްބަރު 13 ވަނަ ދުވަހު ނައްތާލާފައިވަނީ  2016 ވަނަ އަހަރުގެ އިންސިޑެންޓެކާއި 2017 ވަނަ އަހަރުގެ އެއް މަސައްލައެއްގެ އިތުރުން ދެ އިންސިޑެންޓެއްގައި ހިމެނޭ 21 ފުޅިއެވެ.

ބަނގުރާ ނައްތާލުން މަތިވެރީގައި ކުރިޔަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.