Swimming

ނ.މިލަދޫ ޕޮލިސް ޑެސްކާއި ހިދާޔާ ސްކޫލް ގުޅިގެން އެސްކޫލުގެ ގްރޭޑް 2 ން ފެށިގެން ގްރޭޑް 6 އާ ދެމެދު ގްރޭޑްތަކުގައި ގައި ތައުލީމު ޙާސިލްކުރަމުންދާ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގުރާމެއް ހިންގައިފިއެވެ.

މިނޮވެމްބަރުމަހުގެ 5 ވަނަ ދުވަހުން ފެށިގެން 8 ދުވަހުގެ މުއްދަތަށް ނ.މިލަދޫ ބަނދަރާދިމާލު މޫދުގައި ސަރަޙައްދުގައި ހިންގި މި ޕްރޮގްރާމަކީ މިހާރު ޢަމަލުކުރަމުންދާ ތަޢުލީމީ އައު މަންހަޖުގައި ވާގޮތުން، ކޮންމެ ދަރިވަރަކީ ފަތަން ދަންނަ ކުއްޖެއްގެ ގޮތުގައި ހެދުމުގެ ގޮތުން އެސްކޫލްގެ އެދުމުގެ މަތިން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

މިޕްރޮގުރާމްގައި ހިދާޔާ ސްކޫލްގެ ގުރޭޑް 2 ން ފެށިގެން ގްރޭޑް 6 އާ ދެމެދު ގްރޭޑްތަކުގައި ތައުލީމް ހާސިލްކުރަމުންދާ 150 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ޕްރޮގުރާމްގައި  މޫދުގައި ދިމާވާ އެކި ހާދިސާ ތަކުގައި ދަރިވަރުންގެ ފެންވަރުން ކުރެވޭނެ ކަންކަމާއި މޫދަށް އެރިއުޅޭއިރު ސަމާލުވާން ޖެހޭ ކަންކަމުގެ އިތުރުން ފެތުމުގެ ތަފާތު ހުނަރުތައް ދަސްކޮށްދީފައިވެއެވެ.

މި ޕްގްރާމުގައި ކުލާސްތައް ކުރިއަށް ގެންގޮސްދީފައިވަނީ މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހުންނެވެ.