CP Meeting

ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް އާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި އޮތް މި ބައްދަލުކުރެއްވުމުގައި ތަރައްޤީ ވެފައިވާ އެހެން ޤައުމުތަކުގައި ދެމުންދާ ފުލުހުންގެ ޚިދުމަތްތަކާ އެއް ފެންވަރެއްގައި ދިވެހި ފުލުހުންގެ ޚިދުމަތްދީ، ދުނިޔޭގެ އެހެން ޤައުމުތަކުގެ ފުލުހުންގެ ޚިދުމަތްތަކާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރުމަށް ފުލުހުންގެ މުއައްސަސާ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

އެގޮތުން ފުލުހުންގެ މުއައްސަސާ ތަރައްޤީކޮށް ކުރިއެރުވުމަށް ސްރީލަންކާގެ ކަމާގުޅުންހުރި ފަރާތްތަކާއި، ބައިނަލް އަޤްވާމީ އެކިފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.