Meedhoo

އައްޑޫ ސިޓީ ޕޮލިސްއާއި އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އާ ގުޅިގެން ބާއްވާ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުން މަރަދޫ ފޭދޫ އާއި މީދޫ ޖާގަހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލުން މަރަދޫފޭދޫ ޖާގަ ހޯދީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅު އެއް ވަނަ ޓީމުގެ ގޮތުގައެވެ. އަދި މީދޫ ފައިނަލުން ޖާގަހޯދީ ޖާގަހޯދީ ރޭ ކުޅުނު ސެމީފައިނަލް މެޗުގައި ފޭދޫ ޔޫތު ކޮމިއުނިޓީ އާވާދަކުރި މެޗު 3-1 ސެޓުން ކާމިޔާބުކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ މީދޫ ޓީމުގެ މަރިޔަމް ޙަސަންއެވެ.

"ޑަބްލިޔުޑީސީ ޕޮލިސް ވޮލީބޯލް ޗެމްޕިއަންޝިޕް"  ނަމުގައި ކުރިއަށްދާ މި މުބާރާތުގެ ތިން ވަނަ ޓީމަކަށް ހޮވުނީ ސެމީ ފައިނަލްގައި ވާދަކުރި ފޭދޫ ޔޫތު ކޮމިއުނިޓީގެ ޓީމެވެ.

3rd

މަރަދޫފޭދޫ އާއި މީދޫ ވާދަކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެރޭ ފޭދޫ ވޮލީ ކޯޓުގައެވެ.

އައްޑޫ ސިޓީ ޕޮލިސް އާއިި  އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގުޅިގެން ބާއްވާ މި މުބާރާތަކީ އައްޑޫ ސިޓީގައި ވޮލީބޯޅަ ކުރިއަރުވައި ކުޅިވަރުގެ ރޫޙް ދިރުވައި އާލާކޮށް ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮތް ގުޅުން މިހާރަށްވުރެ ބަދަހިކޮށް ކުށްމަދުކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި ޖުމްލަ ޖުމްލަ 4 ޓީމަކުން ބައިވެރިވެފައިވެއެވެ.