
ނ.މަނަދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ނ.މާފަރު ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމުގެ ގޮތުން ޕްރޮގްރާމެއް ހިންގައިފިއެވެ.
މި އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ހިންގި މި ޕްރޮގްރާމްގައި ސްކޫލްގެ ދަރިވަރުންނަށް ޢާންްމު ޢިޖުތިމާއި މިންގަނޑުތަކާއި ޚިލާފް ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނާއި އާއްމު އިޖުތިމާއި މިންގަޑުތަކާއި ޚިލާފް ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
އެގޮތުން އެފަދަ އަމަލުތައް ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާއި އާންމު ޢިޖުތިމާއީ މިންގަނޑާ ޚިލާފް ޢަމަލްތައް ބެހިގެންވާ މައިގަނޑު ބައިތަކުގެ އިތުރުން މީހަކު ޢިޖުތިމާއީ މިންގަނޑުތަކަށް ރުޖޫޢަ ކުރުމަށްޓަކާއި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
ނ.މާފަރު ސްކޫލުގެ ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ސެޝަނުގައި ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރާނެ ގޮތާއި ކުދިންގެ އުމުރާއި ގުޅޭގޮތުން އެކުދިން ތަރުބިއްޔަތު ކުރާނެ ގޮތާއި އެކުދިންގެ އުޅުމާއި ގުޅޭގޮތުން އަދި އެކުދިންގެ މާހައުލާއި ގުޅޭގޮތުން މުހިންމު މައުލޫމާތުތައް ދީފައިވެއެވެ.
މި ޕްރޮގްރާމްގައި މާފަރު ސްކޫލްގެ ގްރޭޑް 10،9،8 ގެ ޖުމްލަ 26 ދަރިވަރުންނާއި 22 ބެލެނިވެރިޔަކު ބައިވެރިވެފައެވެ.