
ލ. ގަން ތުނޑި، ހަނދުވަރީ، ޒިޔާދު ޚާލިދު (26އ) --
ލ. ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުޤީޤު ކުރަމުންދާ ފޭރުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ލ. ގަން ތުނޑި، ހަނދުވަރީ، ޒިޔާދު ޚާލިދު (26އ) އެވެ.
ވީމާ ޒިޔާދު ޚާލިދު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ލ. ގަން ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791261 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވެމެވެ.