maduމަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި  މަސްތުވާތަކެއްޗާއެކު ދެމީހަކު ރ. މަޑުއްވަރިން ހައްޔަރުކޮށްފިއެވެ.

މި ދެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 19 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީވެސް ދިވެހިންނެވެ.

މި ދެމީހުންގެ ތެރެއިން 17 އަހަރުގެ ފިރިހެން ކުއްޖާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރ. މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެރޭ 22:15 ހާއިރު ކޯޓުއަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރުމަށް ފަހުއެވެ. އެގެ ބަލައިފާސްކުރިއިރު އެގޭގެ ގޯތިތެރޭގައި ހަދަމުންދާ ތަނެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތި... 19 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ 18:30 ހާއިރު މަޑުއްވަރީ ބޭރުމަގުން ހިނގާފައި ދަނިކޮންނެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ އަތުގައި އޮތް ޖިންސެއްގެ ޖީބުން މަސްތުވާތަކެތިކަަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މި ދެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ރ.އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތުދީފައެވެ. އެގޮތުން 17 އަހަރުގެ ފިރިހެން ކުއްޖާއަށް 2 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 19 އަހަރުގެ މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި ދެމައްސަލަ ރ.މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.