މަދަރުސަތުލް އިފްތިތާޙުގެ ލިޓްލް މެއިންޑުންނަށް މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފި

މަދަރުސަތުލް އިފްތިތާޙްގެ ލިޓްލް މެއިޑުންނަށް ކުރިއަށް ގެންދިޔަ ސެޝަނަށް ފަހު ފުލުހުންނާއެކު ނަގާފައިވާ ގްރޫޕް ފޮޓޯއެއް --
މަދަރުސަތުލް އިފްތިތާޙްގެ ލިޓްލް މެއިންޑުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންގައި މަގުމަތީގައި ހިނގާބިގާވެ އުޅުމުގައި ގެންގުޅެއްޖެހޭ ރީތި އާދަތަކާއި ހިނގާއިރު މަގުގެ އެއް ފަރާތުން ހިނގުމުގެ މުހިންމުކަމާއި މަގުމަތީގެ ނިޝާންތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުގެ ފަރާތުން ކުރިއަށް ގެންދިޔަ މި ސެޝަންގައި މަދަރުސަތުލް އިފްތިތާޙްގެ 50 ލިޓްލް މެއިޑުން ބައިވެރިވެފައިވެއެވެ. މި ސެޝަންގައި މަޢުލޫމާތު ދީފައިވަނީ ނައިފަރު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.