ކ. ގުޅީ ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގެ ތެރެއިން --
ކ. ގުޅީ ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގެ ތެރެއިން --

ކ. ގުޅި ޕޮލިސް ޑެސްކާއި، ކ. ގުޅި ސްކޫލް ގުޅިގެން އެސްކޫލުގެ ގްރޭޑް 3 ގައި ތައުލީމު ޙާސިލްކުރަމުންދާ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގުރާމެއް ފަށައިފިއެވެ.

މިއޮކްޓޯމަހުގެ 26 ވަނަ ދުވަހުން ފެށިގެން 4 ދުވަހުގެ މުއްދަތަކަށް ކ. ގުޅީ އިރުމަތީފަރާތު މޫދުގައި ކުރިއަށްދާ މި ޕްރޮގްރާމަކީ މިހާރު ޢަމަލުކުރަމުންދާ ތަޢުލީމީ އައު މަންހަޖުގައި ވާގޮތުން، ކޮންމެ ދަރިވަރަކީ ފަތަން ދަންނަ ކުއްޖެއްގެ ގޮތުގައި ހެދުމުގެ ގޮތުން އެސްކޫލްގެ އެދުމުގެ މަތިން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

މިޕްރޮގުރާމްގައި ކ. ގުޅީ ސްކޫލްގެ ގުރޭޑް 3 ގައި ތައުލީމް ހާސިލްކުރަމުންދާ 14 އަންހެން ކުދިންނާއި 6 ފިރިހެން ކުދިން ޖުމްލަ 20 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ޕްރޮގުރާމްގައި  މޫދުގައި ދިމާވާ އެކި ހާދިސާ ތަކުގައި ދަރިވަރުންގެ ފެންވަރުން ކުރެވޭނެ ކަންކަމާއި މޫދަށް އެރިއުޅޭއިރު ސަމާލުވާން ޖެހޭ ކަންކަމުގެ އިތުރުން ފެތުމުގެ ތަފާތު ހުނަރުތައް ދަސްކޮށްދެވޭނެއެވެ. އަދި މި ޕްރޮގުރާމްގައި ކުލާސްތައް ނަގައިދެނީ ކ. ގުޅީ ޕޮލިސް ޑެސްކްގައި މަސައްކަތްކުރާ ފުލުހުންނެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ކ. ގުޅީ ސްކޫލުގެ މެނޭޖްމަންޓާއި ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ފުލުހުންނަށް ބޮޑު އެއްބާރުލުމެއް ލިބެމުންދެއެވެ.