ޑީއީޑީން ރޭ ހިންގި އޮޕަރޭޝަނުގައި ބަލައިފާސްކުރި ގެއިން ފެނުނު މަސްތުވާތަކެތި --
ޑީއީޑީން ރޭ ހިންގި އޮޕަރޭޝަނުގައި ބަލައިފާސްކުރި ގެއިން ފެނުނު މަސްތުވާތަކެތި --

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެތި ގެންގުޅެ އެ އަތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖަންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެދަށުން މި އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހުގެރޭ 23:35 ހާއިރު މާލޭގެ މަގުމަތިންނެވެ.

މި މީހާ ހައްޔަރުކޮށް،  ކޯޓްއަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުންދާ ގެއަށް ވަދެ އެގެ ބަލައިފާސްކުރިއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ބޮޑު ޕެކެޓަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 11 ފިލްމް ހުސްކުރިދަޅު ފެނިފައިވެއެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.