ހުޅުމާލެ ޕޮލިސްގެ އިސްވެރިންނާއި ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސްގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން --
ހުޅުމާލެ ޕޮލިސްގެ އިސްވެރިންނާއި ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސްގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން --

ހުޅުމާލެ ޕޮލިސްގެ އިސްވެރިންނާއި ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސްގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން —

ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސްއާއި ހުޅުމާލެ ޕޮލިސް ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ހުޅުމާލެ ޕޮލިސްގެ އިސްވެރިންނާއި ހާފްވޭހައުސްގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު ހުޅުމާލެ ހާފްވޭ ހައުސްގެ މީޓިން ރޫމްގައި ބޭއްވި މި ބައްދަލުވުމުގައި ވަނީ ހުޅުމާލެ ޕޮލިސްއާއި ހާފްވޭ ހައުސްގުޅިގެން ކުށްމަދު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، ހާފްވޭހައުސްގައި ފަރުވާ ހޯދަމުންދާ މީހުން ނިކުމެ އުޅޭގަޑިތައް ފުލުހުންނަށް އެންގުމާއި، ހާފްވޭ ހައުސް ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން މި ބައްދަލުވުމުގައި ވަނީ ދިމާވާ ކަންކަމުގައި މަޢުލޫމާތު ހިއްސާކުރުމަށްޓަކައި ފޯކަލް ޕޮއިންޓެއް ކަނޑައަޅާފައެވެ.

މި ބައްދަލުވުމުގައި ހުޅުމާލެ ޕޮލިސްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ މުސްތަފާ އާއި ހުޅުމާލެ ޕޮލިސްގެ އިސްފުލުހުންނާއި ހާފްވޭ ހައުސްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.