Police Academy

ޕޮލިސް އެކަޑަމީން ހިންގި ބެޓަން އެންޑް ކްއިކް ކަފް ކޯހުގެ 3 ވަނަ ބުރު ނިންމައި ކޯސް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު  އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ކޯހުން ފާސްވި ބައިވެރިންނަށް ހަނދާނީ ލިޔުމާއި ކޯހުން އެއްވަނަ އަށް ހޮވުނު ދަރިވަރަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ސަރވިސް ޑެވެލޮޕްމަންޓް ޑައިރެކްޓްރޭޓްގެ ޑެޕިއުޓީ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲ އެވެ.

Police Academy3

މި ރަސްމިއްޔާތުގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ފުލުހުންނަކީ ނަމޫނާ ދައްކަން ޖެހޭނެ ބައެއްކަމަށާއި، ފުލުހުންގެ ފަރާތުން ރައްޔިތުން އެދޭފަދަ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަކީ ފުލުހުންގެ ވާޖިބެއް ކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނަށް ލިބިދީފައިވާ އިޙްތިޔާރާއި ބާރުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި ރައްޔިތު މީހާއާމެދު އޯގާތެރިކަމާއެކު އަމަލުކުރުމަށް އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ކޯހުން ދަސްވި ހުނަރާއި މަޢުލޫމާތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްދެއްވިއެވެ.

Police Academy2

މިއަހަރުގެ ސްޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 9  ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯހުގެ ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުން ޖުމްލަ  21 ފުލުހަކު ބައިެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ. މި ކޯހުން ހުރިހައިގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޯޕްރަލް ޢިމްރާން ޢަބްދުﷲއެވެ.

މި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ޕޮލިސް އެކަޑަމީގެ އިސްވެރިންނާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ކޯހުގެ މުދައްރިބުން ބައިވެރިވެ ވަޑައިގެންނެވިއެވެ.