ޕޮލިސް ކުލަބާއި އެޖީ އޮފީސް ވާދަކުރި މެޗުގެ ތެރެއިން --
ޕޮލިސް ކުލަބާއި އެޖީ އޮފީސް ވާދަކުރި މެޗުގެ ތެރެއިން --

އެފްއޭއެމްއިން އިންތިޒާމްކޮށްގެން ބާއްވާ ޕްރެސިޑެންޓް ކަޕް (ރެކްރިއޭޝަނަލް) ފުޓްސަލް މުބާރާތުގައި ޕޮލިސް ކުލަބު ކުޅުނު ދެވަނަ މެޗުވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު ހެންވޭރު ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ ރައްޔިތުންގެ މަޖިލިސްގެ އިދާރާގެ ޓީމާ ވާދަކޮށް 12-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މިމުބާރާތުގައި ޕޮލިސް ކުލަބު ކުޅުނު ފުރަތަމަ މެޗުވެސް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވާއިރު މިމެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ އެޓަރނީޖެނެރަލްގެ އޮފީހާ ވާދަކޮށް 7-1 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގައި ޕޮލިސް ކުލަބު ކުޅޭ ތިން ވަނަ މެޗުގައި ވާދަކުރާނީ އައިލެންޑް އޭވިއޭޝަންއާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 21:15 ގައެވެ.

ޕްރެސިޑެންޓް ކަޕް (ރެކްރިއޭޝަނަލް) ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.