Ha.

ދީނީ ޚިޔާލު ތަފާތުވުންތައް ނައްތާލައި، އަމާން، އެކުވެރި އަދި އެއްބައިވަންތަ މުޖްތަމަޢެއް ބިނާ ކުރުމަށް، ޚާއްޞަކޮށްގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށް ގެންދާ “ރަޙްމަތުއްލިލްޢާލަމީން” ޤައުމީ ކެމްޕެއިންގެ ދަށުން އަތޮޅުތެރެއަށް އަމާޒުކުރާ “ރަޙްމަތް ކޭމްޕް” ގެ 7 ވަނަ ބުރު ހއ. ހޯރަފުށީގައި ފަށައިފިއެވެ.

މިއޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހު ހއ. ހޯރަފުށީގައި ކުރިއަށްދާ މިކޭޕްގައި މުޖްތަމަޢުގެ ތަފާތު ގިންތިތަކަށް އަމާޒުކޮށްގެން ސެމިނަރތަކާއި ވޯކްޝޮޕްތައް ބޭވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެރަށެއްގެ ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، މުވައްޒަފުންނާއި، ރަށު ކައުންސިލަރުންނާއި، ކައިރި ރަށްރަށުގެ ކައުސިލަރުންނާއި، ސްކޫލްތަކުގެ މުދައްރިސުންނާއި، ދަރިވަރުންނަށް ޚާއްޞަ ސެމިނަރތަކާއި ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެއިތުރުން މިސްކިތްތަކުގައި ޚާއްޞަ ދީނީ ދަރުސްތައް ދިނުމާއި ކައުންސިލިންގ ބޭނުންވާ ފަރާތްތަކަށް ކައުންސިލިން ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

“ރަޙްމަތުއްލިލްޢާލަމީން” ޤައުމީ ކެމްޕެއިންގެ ދަށުން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ސެމިނަރތަކާއި ވޯކްޝޮޕްތައް ބޭއްވުމަށް ފުލުހުން ދަނީ އެހީތެރިކަން ފޯރިކޮށްދެމުންނެވެ. މިހާތަނަށް ހއ. ދިއްދޫއާއި ހއ. ކެލާއާއި ހއ. އިހަވަންދޫގައި ކޭމްޕްގެ ޙަރަކާތްތައް ކުރިއަށްގެންގޮސްފައިވެއެވެ.