އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން މަރާމާތަށްފަހު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --  ޕޮލިސް ފައިލް ފޮޓޯ
އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން މަރާމާތަށްފަހު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ޕޮލިސް ފައިލް ފޮޓޯ

ސައުތު ޕޮލިސް ޑިވިޜަންގެ އައްޑޫ ސިޓީ ޕޮލިސް އާއި ފުލުހުންގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް ގުޅިގެން އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ “އޯޕަން ޑޭ” މާދަމާ ހިތަދޫގައި ފަށާނެއެވެ.

މާދަމާ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ހޯލުގައި ފެށުމަށް ހަމަޖެހިފައިވާ މި “އޯޕަންޑޭ” ގައި، ފުލުހުންގެ ޚިދުމަތާބެހޭ މަޢުލޫމާތާއި ފުލުހުންގެ މުއައްސަސާގައި ކުރިއަށް ދެވިދާނެ ދާއިރާތަކާއި، ހުރި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މިހަރަކާތުގެ ތެރެއިން ފުލުހުންގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ފޯމްފުރައިދިނުމާއި ފޯމް ބަލައިގަތުންވެސް ކުރިއަށްދާނެއެވެ.

މި އޯޕަންޑޭ މާދަމާ ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރުފަހު 14:00 އިން 16:00 އަށް ހިތަދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު އަންނަ ހުކުރު ދުވަހު ހުޅުމީދޫގައިވެސް މި ޙަރަކާތް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު މިމަހުގެ 19 ވަނަ ދުވަހުގެ 16:00 އާހަމައަށް ފޯމު ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލާފާއެވެ.