ށ. ފުނަދޫއަށް އެރެތެކުރަން އުޅުނު މަސްތުވާތަކެތި ހޯދައިފި

ޕޮލިސް ލާންސް ކޯޕްރަލް ޙުސައިން މުއާޛް
funadhoo

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި ށ. ފުނަދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައިފިއެވެ.

މި ތަކެތި ހޯދާފައިވަނީ މާލެއިން ފުރައިގެން ށ.ފުނަދޫއަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މި އޮކްޓޯބަރ މަހުގެ 09 ވަނަ ދުވަހުގެ 08:30 ހާއިރު ފުނަދޫ ބަނދަރުމަތީގައި ހުރި ފޮށިގަނޑެއް ބަލައިފާސްކުރުމަށް ފަހުއެވެ. އެ ފޮށިގަނޑު ބަލައިފާސްކުރިއިރު އެ ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ. އަދި މި މައްސަލަ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގް ކުރަމުންނެވެ.