IMG_3065

އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް)ގެ ފެކަލްޓީ އޮފް ލީޑަރޝިޕް އެންޑް މެނޭޖްމަންޓުން ހިންގި ސެޓިފައިޑް ޓްރެއިނަރސް ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ކޯސް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޢަބްދުލް ރަޙުމާނެވެ.

މިހިނގާ ސެޕްޓެމްބަރު މަހުގެ 10 އިން 20 އަށް ހިންގި މި ކޯހަކީ މުދައްރިބުންގެ ގޮތުގައި ޙަރަކާތްތެރިވާ މުވައްޒަފުންގެ ފަންނީ ހުނަރާއި ޤާބިލުކަން އިތުރު މަޤުޞަދުގައި ހިންގި ކޯހެކެވެ.

IMG_3098

20 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެކި ޑިޕާޓްމަންޓްތަކުގެ ޖުމްލަ 20 މުވައްޒަފަކު ބައިވެރިވެފައިވެއެވެ. މި މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ 04 މުވައްޒަފަކާއި ޑްރަގް އެންފޯސްމަންޓްގެ 03 މުވައްޒަފަކާއި ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ 03 މުވައްޒަފަކާއި އައިއިލްސްގެ  03 މުވައްޒަފަކާއި  ޕޮލިސް އެކަޑަމީގެ 03 މުވައްޒަފަކާއި  ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓް އަދި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ މުވައްޒަފަކެވެ.