މަތިވެރި ސްކޫލުގެ ބެލެނިވެރިންނަށް ހިންގި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --
މަތިވެރި ސްކޫލުގެ ބެލެނިވެރިންނަށް ހިންގި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --

އއ. މަތިވެރި ސްކޫލްގެ ބެލެނިވެރިނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

އއ. ރަސްދޫ ޕޮލިސް ސްޓޭޝަނާއި އަދި އއ. މަތިވެރި ޕޮލިސް ސްޓޭޝަން ގުޅިގެން މި ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެރޭ މަތިވެރި ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ދިރިއުޅުމުގެ ރިވެތި އަދަބުތަކާއި ދަރިން ތަރުބިއްޔަތުކުރާނެ ގޮތުގެ މަޢުލޫމާތު ދީފައިވެއެވެ.

އެގޮތުން ދަރިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި މުޖުތަމަޢުގައި އުޅޭއިރު ވިސްނުން ބަހައްޓަންވީ ކަންކަމާއި ޒަމާނީ އެކި ވަޞީލަތްތައް ކުދިން ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވާފައިވަނީ ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ޕޮލިސް ސްޓާފް ސާޖަންޓް އިބްރާހިމް ފަރުޙާދު ނަޞީރުއެވެ.