ISLES

އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) ގެ ޑިޕާޓްމަންޓް އޮފް ޕްލޭނިންގ އެންޑް ކޯޕޮރޭޓް އެފެއާރޒް އިން ހިންގި  ” ކޮމްޕެޝަނޭޓް ކޮމިއުނިކޭޝަން ފޮރ އެފެކްޓިވް ޕޮލިސިންގް” ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

މި ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ހަނދާނީ ލިޔުން ބައްސަވާ ދެއްވީ ޔުނިސެފް ޕްރޮގްރާމުގެ ދަށުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މުޙައްމަދު ނަދީމްއެވެ. މިރަސްމިއްޔާތުގައި އައިލްސް ރެކްޓަރ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ ޙަސަން ޒިލާލް ބައިވެރިވެވަޑައިގެންނެވިއެވެ.

އޭޝިއާ ފައުންޑޭޝަނާއި އައިލްސް ގުޅިގެން މި ސެޕްޓެމްބަރު މަހުގެ 18 ން 20 އަށް ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި 26 ފުލުހަކާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ދެ އޮފިސަރަކު ބައިވެރިވެފައިވެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ އާއްމުންނާއި މުޚާތަބުކޮށް މުޢާމަލާތްކުރުމުގައި ކުރެވޭ މުޢާމަލާތްތަކާއި ޢަމަލުތައް ހަރުދަނާ ގޮތެއްގައި ކަމުގެ ހުނަރު ހުރެގެން ކަންކަން ހައްލުކުރަން ދަސްކޮށްދިނުމެވެ. .