Kasrathu1

ތިމަރަފުށީގައި ފުލުހުން ކުރިއަށް ގެންދާ އަމާންވެށި ޕްރޮގްރާމްގެ ތެރެއިން ޒުވާނުންނާއި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ 'ކުޅިވަރުން ފަހިކަން ' ހަރަކާތަށް ތިމަރަފުށީ ޒުވާނުންނާއި އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ. އެގޮތުން މިމަހުގެ 24ން 27ގެ ނިޔަލަށް މިހަރަކާތް ކުރިއަށް ގެންދާއިރު، ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ފުޓްސަލް ޓްރޭނިންގ ޕްރޮގްރާމުގައި  18 ޒުވާނުން ބައިވެރިވެފައިވެއެވެ

ތިމަރަފުށީ ޔޫތް ސެންޓަރުގައި ކުރިއަށް ގެންދާ މިހަރަކާތުގެ ތެރެއިން ކުށްމަދުކުރުމަށް ޒުވާނުންގެ ބައިވެރިން ހޯދުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޚާއްސަ ސެޝަންތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

 އަދި މި ފުޓްސަލް ޓްރޭނިން ނިންމާލުމުގެ ގޮތުން ބައިވެރިންގެ މެދުގައި ޚާއްސަ މެޗުތަކެއް މިއަދު ހަވީރު ތިމަރަފުށީ ޒުވާނުންގެ މަރުކަޒުގެ ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

 ކުޅިވަރުގެ ތެރެއިން މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމާއި އަޚްލާޤާއި ސުލޫކު ބައްޓަންކުރުމުގެ މަޤުޞަދުގައި ފުލުހުން ކުރިއަށް ގެންދާ 'ކުޅިވަރުން ފަހިކަން' މިހަރަކާތުގެ ދަށުން ކުރިއަށް ގެްނދާ ޚާއްސަ ކަސްރަތު ޕްރޮގްރާމަށްވެސް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. އެގޮތުން ފުލުހުންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންގެ ބެލުމުގެ ދަށުން 5 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިކަސްރަތު ޕްރޮގްރާމުގައި ތިމަރަފުށީގެ  100 އަށްވުރެ ގިނަ އަންހެނުން  ބައިވެރިވެއެވެ.

Kasrathu2

 އަމާންވެށި ޕްރޮގްރާމްގެ ދަށުން ތިމަރަފުށީގައި މިހާރު ކުރިއަށް ގެންދާ މުހިއްމު ކޭމްޕްތަކާއި ހަރަކާތްތައް  ނިމިފައިވާއިރު ކުރިއަށް ދެން އޮންނާނީ ޕޮލިސް މެޑިކަލްގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ އެހީތެރިކަމާއެކު ބާއްވާ މެޑިކަލް ކޭމްޕާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން ބާއްވާ ކުޑަކުދިންގެ އާއިލީ ހަވީރެވެ.

  ކުޅިވަރުގެ ތެރެއިން މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމާއި އަޚްލާޤާއި ސުލޫކު ބައްޓަންކުރުމުގެ މަޤުޞަދުގައި ފުލުހުން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ޚާއްސަ ކަސްރަތު ޕްރޮގްރާމަށްވެސް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. އެގޮތުން ފުލުހުންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންގެ ބެލުމުގެ ދަށުން 5 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިކަސްރަތު ޕްރޮގްރާމުގައި ތިމަރަފުށީގެ  100 އަށްވުރެ ގިނަ އަންހެނުން  ބައިވެރިވެއެވެ.

އަމާންވެށި ޕްރޮގްރާމްގެ ދަށުން ތިމަރަފުށީގައި މިހާރު ކުރިއަށް ގެންދާ މުހިއްމު ކޭމްޕްތަކާއި ހަރަކާތްތައް  ނިމިފައިވާއިރު ކުރިއަށް ދެން އޮންނާނީ ޕޮލިސް މެޑިކަލްގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ އެހީތެރިކަމާއެކު ބާއްވާ މެޑިކަލް ކޭމްޕާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން ބާއްވާ ކުޑަކުދިންގެ އާއިލީ ހަވީރެވެ.