ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ސެޝަންގެ ތެރެއިން --
ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ސެޝަންގެ ތެރެއިން --

ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ޓްރެފިކް އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނަނީ ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް މަދުކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އެއްގަމު ދަތުރު ފަތުރު ޤާނޫނާ ބެހޭގޮތުން މަޢުލޫމާތުދީ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހޭލުންތެރިކުރުމުގެ ގޮތުން ހުޅުމާލެ ޕޮލިސްގެ ޓްރެފިކް ޕޮލިސް ޔުނިޓުން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވި މި ސެޝަންގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ބެހޭގޮތުންނާއި އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ސެޝަންގައި މަޢުލޫމާތު ދެއްވީ ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ޓްރެފިކް ޕޮލިސް ޔުނިޓްގައި މަސައްކަތްކުރާ ފުލުހުންނެވެ.