ބާރަށުގައި ކުރިއަށް ގެންދާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގެ ތެރެއިން --
ބާރަށުގައި ކުރިއަށް ގެންދާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގެ ތެރެއިން --

ހއ. ބާރަށު ސުކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހއ. ބާރަށުގައި ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

މި ސެޕްޓެމްބަރ 26  ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މިހާރު ޢަމަލުކުރަމުންދާ ތަޢުލީމީ އައު މަންހަޖުގައި ވާގޮތުން ކޮންމެ ދަރިވަރަކީ ފަތަން ދަންނަ ކުއްޖެއްގެ ގޮތުގައި ހެދުމުގެ ގޮތުން ހއ.ބާރަށު ސުކޫލާއި ހއ. ބާރަށު ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ހއ. ބާރަށު ސުކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ގްރޭޑް 1، 2، 3 ގެ ޖުމްލަ 70 ދަރިވަރުން ބައިވެރިވެއެވެ.

ހއ.ބާރަށު އުތުރު ފަރާތު މޫދު ސަރަޙައްދުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، ކުލާސްތައް ކުރިއަށް ގެންގޮސްދެނީ ހއ. ބާރަށު ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންގެ ތެރެއިން ސްވިމިންގ އިންސްޓްރަކްޓަރ ކޯސް ފުރިހަމަކޮށްފައިވާ ފުލުހުންނެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި ހއ. ބާރަށު ސުކޫލުގެ ޓީޗަރުންނާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ދަނީ ލިބެމުންނެވެ.

ޚަބަރާ ގުޅޭ އިތުރު ފޮޓޯތައް ބައްލަވާލެއްވުމަށް