ވެލިދޫ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުުގައި ހޯދާފައިވާ ބައެއް ހަންތައް..
ވެލިދޫ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުުގައި ހޯދާފައިވާ ބައެއް ހަންތައް..

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަންތަކެއް ހޯދައި، ވެލިދޫން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބަނގުރާ ކައްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 2017 ސެޕްޓެމްބަރ 26 ވަނަރޭގެ 01:10 ހާއިރު ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރުމަށް ފަހުއެވެ.

މި އޮޮޕަރޭޝަނުގައި ނ. ވެލިދޫގެ އެކި ސަރަޙައްދު ބަލައިފާސްކުރިއިރު ނ. ވެލިދޫ އުތުރުފަރާތު ހޭޅިފަށުގައި އޮތް ލޯންޗެއްގެ ކައިރިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރީނދޫ ކުލައިގެ 3 ހަން ފެނިފައިވާއިރު ކޯޓުއަމުރެއްގެ ދަށުން ވެލިދޫ ގެއެއް ބަލައިފާސްކުރިއިރު އެގޭގެ ގޯތިތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރީނދޫ ކުލައިގެ ދެ ހަމާއި ފަސް ލީޓަރުގެ ފުޅިއެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ބައެއް ތަކެތި ފެނިފައިވެއެވެ.

މި މައްސަލަ ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގު ކުރަމުންނެވެ.