ކ-ވ: ތ.ކިނބިދޫ، ގުލްފާމުގެ މުޙައްމަދު ސާޒް (21އ) އާއި މ.ލޮނުމިދިލިގެ އަފްރާޙް ޢަބްދުއްރައްޒާޤް (21އ) --
ކ-ވ: ތ.ކިނބިދޫ، ގުލްފާމުގެ މުޙައްމަދު ސާޒް (21އ) އާއި މ.ލޮނުމިދިލިގެ އަފްރާޙް ޢަބްދުއްރައްޒާޤް (21އ) --

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުން ތަޙްޤީޤުކުރަމުންދާ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދާ ދެމީހުންނަކީ ތ.ކިނބިދޫ، ގުލްފާމުގެ މުޙައްމަދު ސާޒް (21އ) އާއި މ.ލޮނުމިދިލިގެ އަފްރާޙް ޢަބްދުއްރައްޒާޤް (21އ) އެވެ.

ވީމާ މި ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޮގަނައިޒް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.