މޯލްޑިވްސް މެރިން އެކްސްޕޯގައި ފުލުހުން ބައިވެރިވެއްޖެ

ސިވިލް އެސިސްޓަންޓް ޙަމްނާ ޙުސައިން ޢަލީ ދީދީ
 

އދ

 

ލިވަރބޯޑް އެސޯސިޔޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން މިއަހަރު ބޭއްވި މޯލްޑިވްސް މެރިން އެކްސްޕޯ 2017 ގެ 04 ވަނަ އެޑިޝަންގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މެރިން ޕޮލިސް ޑިޕާޓްމަންޓުން ބައިވެރިވެއްޖެއެވެ.

މި ސެޕްޓެންބަރު މަހުގެ 9 އިން 11 އަށް ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ މި އެކްސްޕޯގައި މެރިން ޕޮލިސް ޑިޕާޓްމަންޓްގެ ފަރާތުން ވަނީ ސްޓޯލްއެއް ގާއިމުކޮށްފައެވެ.

12ދެ

އެގޮތުން މި ސްޓޯލުން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކަނޑުދަތުރު ފަތުރު ކުރުމުގައި ހެދިފައިވާ ޤަވާޢިދުތަކުގެ މުހިންމު ނުކުތާތައް ފާހަގަކޮށްދިނުމާއި، އުޅަނދުފަހަރު ފުރުމުގެ ކުރިން ސަލާމަތީ ގޮތުން ފުރިހަމަ ކުރެވިފައި ހުންނަންޖެހޭ ތަކެތީގެ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން އެކްސްޕޯގެ މެއިން ސްޓޭޖްގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރި ކަމުގެ މުހިންމުކަމާ ބެހޭގޮތުން "އަމާން ދަތުރު" ގެ ނަމުގައި ކުރިޔަށް ގެންދިޔަ ޓޯކް ޝޯއެއްގައި ފުލުހުން ވަނީ ބައިވެރިވެ ކަމާގުޅުންހުރި މަޢުލޫމާތު ހިއްސާކޮށްފައެވެ. އަދި މި އެކްސްޕޯ އަށް ހާޒިރުވާ ފަރާތްތަކަށް ކަމާ ގުޅުންހުރި މައުލޫމާތުތައް ހިމެނޭ ލީފްލެޓްތައްވެސް ބަހާފައިއެވެ.

އ12ދޗ

މެރިން ޕޮލިސް ޑިޕާޓްމަންޓުން ވަނީ މިދިޔަ އަހަރުވެސް މޯލްޑިވްސް މެރިން އެކްސްޕޯގައި ބައިވެރިވެފައެވެ.