viber-image

ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއެކު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

މި އޮޕަރޭޝަން ހިންގާފައި ވަނީ، ބަނގުރާ ގެންގުޅޭ ކަމުގެ މައުލޫމާތު ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަނަށް ލިބިގެން 9 ސެޕްޓެމްބަރ 2017  ވީ ހޮނިހިރު ދުވަހުއެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެކެވެ. މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެރަށު ބަނދަރު ސަރަހައްދުން ހުއްޓުވާ ބަލައި ފާސް ކުރުމުގެ ތެރޭގައި ބަނގުރާ ފުޅިއެއް އެމީހުންގެ އަތުން ފެނިގެންނެވެ.

މި މައްސަލަ ދަނީ ވޭމަންޑޫ ޕޮލިސް ސްޓޭޝާނުން އިތުރަށް ތަހުގީގު ކުރަމުންނެވެ.