ފުލުހުން ހިންގި އޮޕަރޭޝަނުގައި ބަލައިފާސްކުރިގެއިން ފެނުނު މަސްތުވާތަކެތި --
ފުލުހުން ހިންގި އޮޕަރޭޝަނުގައި ބަލައިފާސްކުރިގެއިން ފެނުނު މަސްތުވާތަކެތި --

ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެރަށުގެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި ތިން މީހަކު ހައްޔަރުކޮށްފިއެވެ  .

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެއްގެ އިތުރުން 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެކެވެ. މި ދެމީހުންނާއި ކުޑަކުއްޖާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ކޯޓު އަމުރެއްގެ ދަށުން ހިންގި މި އޮޕަރޭޝަންގައި ބަލައިފާސްކުރިގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 99 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި ދަޅެއްގެ އިތުރުން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންގެ ކުޑަކަމުދާތަކެތި ނަގައި ޓެސްޓްކޮށްބެލިއިރު މި ތިންމީހުންވެސް މަސްތުވާތަކެތި  ބޭނުންކޮށްގެން ތިބިކަމަށް ޓެސްޓްގެ ނަތީޖާއިން ދައްކާފައި ވެއެވެ.  މިމައްސަލަ ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.