ފުވައްމުލަކުގައި ކުރިއަށްދާ އޮސްޓް ރިފްރެޝަރ ޕްރޮގްރާމުގެ ތެރެއިން --
ފުވައްމުލަކުގައި ކުރިއަށްދާ އޮސްޓް ރިފްރެޝަރ ޕްރޮގްރާމުގެ ތެރެއިން --

ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނަށް އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް ޓްރެއިނިންގ (އޮސްޓް) ރިފްރެޝަރ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ސެޕްޓެމްބަރ މަހުގެ 6 ން 7 އަށް ފުވައްމުލަކުގައި ހިންގާ މި ޕްރޮގްރާމުގައި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރުގެ ބޭނުން ޤާނޫނީ ހަމަތަކާ އެއްގޮތަށް ހިފާނެ ގޮތާއި ފުލުހުން ބޭނުންކުރާ ހަތިޔާރު ބޭނުންކުރާނެ ގޮތާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނާމެދު ޢަމަލު ކުރާނެ ޢާއްމު އުޞޫލުތަކާއި އެފަދަ މީހަކު ނުކިޔަމަންތެރިވާ ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތައް ކިޔައިދީ ފަރިތަކުރުންތައް ކުރިއަށް ގެންދާނެއެވެ. މީގެއިތުރުން ފުލުހުންނާ ގުޅުންހުރި ޤާނޫނާއި ޤަވާއިދުތަކަށް ބައިވެރިން އަހުލުވެރިކުރުންވެސް މިޕްރޮގްރާމުގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގައި ކިޔަވައިދެއްވަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ޕޮލިސް ސްޓާފް ސަރޖަންޓް އަސްލަހު އަހުމަދު އާއި ޕޮލިސް ސްޓާފް ސަރޖަންޓް ހަސަން އާމިރުއެވެ.