ފުވައްމުލަކުގައި ކުރިއަށްދާ ރިފްރެޝަރ ތަމްރީން ޕްރޮގްރާމުގެ ތެރެއިން --
ފުވައްމުލަކުގައި ކުރިއަށްދާ ރިފްރެޝަރ ތަމްރީން ޕްރޮގްރާމުގެ ތެރެއިން --

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނަށް ރިފްރެޝަރ ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

އޮގަސްޓް މަހުގެ 8 ވަނަ ދުވަހު ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި ފެށި މި ޕްރޮގްރާމަކީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ރިފްރެޝަރ ތަމްރީން ޕްރޮގްރާމުގައި ފިޒިކަލް ޓްރެއިނިންގ ކުލާސްތަކާއި ބިޑި އާއި މުގުރު ބޭނުންކުރާނެ ގޮތްތަކާއި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި ޢަމަލުކުރާ ގޮތްތަކާއި، ސުލްޙަވެރިކަމާއެކު މީހުންނާ މުޢާމަލާތްކުރާނެ ގޮތްތަކާއި، އެއްވުމެއް ރުޅާލާނެ ގޮތްތަކައި އެކަމުގައި ބޭނުންކުރާ ތަފާތު އުކުޅުތަކާއި ސެލްފް ޑިފެންސް ބައިތައް ކިޔައިދީ ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ކުލާސްތައް ނަގައިދެނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން މިފަދަ ޕްރޮގްރާމެއް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.