Naifaru

ޅ. ނައިފަރު މަދަރުސަތުލް އިފްތިތާޙްގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން ތެރެއިން ޔުނީފޯމް ހަރަކާތްތަކުގައި އުޅެމުންދާ ދަރިވަރުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފިއެވެ.

އޮގަސްޓް މަހުގެ 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމަކީ ނައިފަރު މަދަރުސަތުލް އިފްތިތާޙްގެ ޔުނީފޯމް ހަރަކާތްތަކުގައި އުޅެމުންދާ ދަރިވަރުންނަކީ އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުމުގެ ގޮތުން ނައިފަރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ގުޅޭގޮތުންނާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން މަގުމަތީގައި އުޅޭއިރު ސަމާލުކަން ދޭންވީ ކަންކަމާއި އެއްގަމު ދަތުރު ފަތުރުގެ ޤާނޫނުގައިވާ މުހިންމު ބައިތަކާއި ޤަވާއިދާ ހިލާފުވުމުން އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ.

މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މަދަރުސަތުލް އިފްތިތާޙްގައި ތަޢުލީމު ހާސިލްކުރާ 33 ދަރިވަރުންނާއި އެސްކޫލުގެ ޕްރިންސިޕަލް އާއި ދެ ޓީޗަރު ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވަނީ ނައިފަރު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.