ޅޮހީގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --
ޅޮހީގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --

ނ.މަނަދޫ ޕޮލިސް ސްޓޭޝަނުން ނ. ޅޮހީ ސްކޫލުގެ ދަރިވަރުނަށާއި އެސްކޫލުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

ޖުލައި 31 ވަނަ ދުވަހު ހު ނ.ޅޮހީ ސްކޫލްގައި ހިންގި މި ޕްރޮގްރާމުގައި ސްކޫލު ކުދިންނަށާއި ބެލެނިވެރިންނަށް ވަކިވަކިން ކުރިއަށް ގެންދިޔަ ސެޝަންތަކުގައި ދަރިވަރުންނަށްވަނީ ދަރިވަރުން ތަޢުލީމީ ދަޢުރު ރަނގަޅުގޮތުގައި ހޭދަކުރުމާއި ތަޢުލީމު އުނގެނުމުގެ މުހިންމުކަމާއި ދިރިއުޅުމުގައި ދިމާވާ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ. އަދި ބެލެނިވެރިންނަށް ވަނީ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަށް ކުރެވިދާނެ ކަންކަމާއި ކުދިން އިންޓަރނެޓް ބޭނުންކޮށްގެން ކުރާ ކުށްތަކާއި ސޯޝަލް މީޑިއާ ކުދިން ބޭނުންކުރާނަމަ ބެލެނިވެރިން ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ.

މި ޕްރޮގްރާމުގެ ތެރެއިން ވަނީ ޅޮހީ ސްކޫލުގެ ޓީޗަރުންނަށްވެސް ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި ސެޝަންގައި އެކި ހާލަތްތަކުގައި ދަރިވަރުންނާ މުޢާމަލާތްކުރާނެ ގޮތާއި ދިމާވާ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވަނީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.