Shafeeu

ފުވައްމުލަކުން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ގެއްލިގެން ހޯދަމުންދާ މީހަކީ މުޙައްމަދު ޝަފީޢު، ދޫޑިގަން.އޮޅުތެރޭގެ / ޏ.ފުވައްމުލައް (42އ) އެވެ.

މި ހިނގާ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭވަގުތެއްގައި ގެއިން ނުކުމެގެން ދިޔަގޮތަށް ހަބަރެއް ނުވެގެން  އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ޖުލައި މަހުގެ 14 ވަނަ ދުވަހުގެރޭ 00:05 ހާއިރުއެވެ.  ފުލުހުންނަށް މިކަން ރިޕޯޓްކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ހޯދިފައެއް ނުވެއެވެ.

ވީމާ މުޙައްމަދު ޝަފީޢު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9792803 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.