viber image

 މިހާރު ފުވައްމުލަކުގައި ކުރިޔަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގައި ޕޮލިސް ކުލަބް ކުޅުނު ތިންވަނަ މެޗް ކާމިޔާބުކޮށް މުބާރާތުގެ .ދެވަނަބުރަށް ދިޔުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ

އިއްޔެ ހަވީރު  ކުޅުނު މި މެޗު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ ފްރެންޑްސް ކުލަބް ފުނާޑްއާއި ވާދަކޮށް ސީދާ 3 ސެޓުންނެވެ. މި މެޗްގެ ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ 29-27، 25-17، 25-19 ންނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޕޮލިސް ކުލަބްގެ ހައްވާ ރާޝިދާއެވެ.

މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާ މި މުބާރާތުގެ ފުރަތަމަ މެޗް ފޭދޫ ސްޕޯޓްސް އާއި ވާދަކޮށް 3-1 އިން ކާމިޔާބުކުރިއިރު ދެވަނަ މެޗު މިސްކިތްމަގު އެއްމެންގެ ގުޅުމާ ވާދަކޮށް 3-1 އިން ވަނީ ބަލިވެފައެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަންގައި ޕޮލިސް ކުލަބް ކުޅޭ 04 ވަނަ މެޗްގައި މިއަދު ހަވީރު ވާދަކުރާނީ ވިލިނގިލީ ޒުވާނުންގެ ޖަމިއްޔާއާއި އެވެ.

ފުވައްމުލަކުގައި މިފަހަރު ކުރިޔަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕް އަންހެން ޑިވިޜަންގައި ޖުމްލަ 6 ޓީމަކުން ބައިވެރިވެއެވެ.