ecd

އީމެއިލްގެ ޒަރީޢާއިން މަކާރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތަކަށް ހޭލުންތެރިކަން އިތުރުކޮށް އެފަދަ ކުށްތައް ހުއްޓުވުމަށް މަސައްކަތްކުރުމާގުޅޭ ގޮތުން މަޢްލޫމާތު ދިނުމުގެ ސެޝަނެއް ފުލުހުންނަށް ހިންގައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ  އާއި މިސަރވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓް ގުޅިގެން ބޭއްވި މިސެޝަނުގައި  މިފަދަ މައްސަލަތައް ތަހްޤީޤްކުރުމުގައި ސަމާލުކަންދޭންޖެހޭ މުހިއްމު ކަންތައްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެecd1

މިއީ، އީމެއިލް މެދުވެރިކޮށް ހިންގާ ފައިސާއާ ގުޅުންހުރި މަކަރާއި ހީލަތުގެ މިފަދަ މައްސަލަތަކުގެ ސަބަބުން އާއްމު ފަރުދުންނަށާ ކުންފުނިތަކަށް މާލީގޮތުން ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާތީ، މިބާވަތުގެ މައްސަލަތައް ތަޙްޤީޤުކުރައްވާ ފަރާތްތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ބޭއްވި މަޢްލޫމާތު ދިނުމުގެ ސެޝަނެކެވެ.

 މި ސެޝަނުގައި މަޢްލޫމާތުދެއްވީ ކަމާގުޅޭގޮތުން ތަޖްރިބާ ލިބިލައްވާފައިވާ އެމް.އެމް.އޭގެ ތަޖްރިބާކާރުންނެވެ.

މިސެޝަނުގައި މިފަދަ މައްސަލަތައް ތަޙްޤީޤުކުރާ ޑިޕާރޓްމަންޓްތަކުން ޖުމްލަ 30 ފުލުހުން ބައިވެރިވެފައިވެއެވެ.