HQ

މޯލްޑިވްސްޕޮލިސް ސަރވިސް ޕަބްލިކް އެފެއާރޒް ޑިޕާރޓްމަންޓްގެ ފަރާތުން ކުށްމަދުކުރުމަށާއި އަމާން އޮމާން ހޭލުންތެރި މުޖުތަމަޢެއް ބިނާ ކުރުމަށް “އަމާންވެށި” މި ނަމުގައި ޚާއްސަ ކެމްޕެއިނަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ފުރާވަރުގެ ކުދިންނަށާއި ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދާ ހުރިހާ ކޭމްޕްތަކާއި ޕްރޮގްރާމްތައް އެއްކުޑައެއްގެ  ނިވަލުގައި “އަމާން ވެށި” ގެ ނަމުގައި  ހިންގާ ގޮތަށް ހަމަޖެހިގެން ދިއުމާއެކު މިކެމްޕެއިންގެ މުއްދަތު މިހާރު ވަނީ 10 ދުވަހަށް ހަމަޖައްސާފައެވެ.

އެގޮތުން މި އަހަރުގެ ތެރޭގައި 6 ރަށެއްގައި މިކެމްޕެއިންގެ ދަށުން ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ޕްރޮގްރާމް މިމަހުގެ 13 ވަނަ ދުވަހު ހއ. ކެލާގައި ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

މިކެމްޕެއިން ގެ ތެރެއިން ސުކޫލު ކުދިންނަށާ ޒުވާނުންނަށާ ބެލެނިވެރިންނަށް ކިޔަވައިދިނުމުގެ އިތުރުން އުމުރުން ދުވަސްވީ ބޭފުޅުންނަށް މެޑިކަލް ޗެކްއަޕެއް ހެދުމުގެ ފުރުޞަތު ވެސް ލިބިގެންދާނެއެވެ. އެގޮތުން މިކެމްޕެއިންގެ ދަށުން ސްކޫލް ކުދިންނަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ޕްރައިމަރީ ގްރޭޑް ތަކަށް ޚާއްސަ ކޮށްގެން ފުރަތަމަ ފިޔަވަޅު ގެ ނަމުގައި ހިންގާ ޚާއްސަ ޕްރޮގްރާމަކާއި މިޑްލް ސްކޫލް ދަރިވަރުންނަށް ޚާއްސަ ކޮށްގެން ކުރިމަގު އަދި ސާނަވީ މަރުހަލާއަށް ޚާއްސަ ކޮށްގެން ފުރާވަރު މިނަމުގައި ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައެވެ.

މީގެ އިތުރުންވެސް މިކެމްޕެއިންގެ ތެރެއިން ކުޅިވަރުން ފަހިކަން މިނަމުގައި ކުޅިވަރުގެ ހަރަކާތްތަކާއި ކަސްރަތު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ އިތުރުން  ވެސް ޚާއްސަ މެޑިކަލް ޗެކްއަޕްތައްވެސް ކުރިއަށް ގެންދާނެއެވެ.

މި ކޭމްޕްގައި ކިޔަވައިދެއްވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޖްރިބާކާރު ފުލުހުންނެވެ.