statistics

ފާއިތުވި 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ހަމަސްދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޢަދަދު މަދުވެއްޖެއެވެ.

މިގޮތުން ވެތުވެދިޔަ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 8615 މައްސަލައެއް ހުށަހެޅިފައިވާއިރު މި އަހަރުގެ ފުރަތަމަ ހަމަސްދުވަހު ހުށަހެޅިފައިވަނީ 7644 މައްސަލައެވެ. އަދި މި މުއްދަތުގެ ތެރޭގައި މި މައްސަލަތަކުގައި ވޭތުވެދިޔަ އަހަރު 2911 މީހުން ހައްޔަރު ކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި 2314 މީހުން ހައްޔަރު ކުރެވިފައިވެއެވެ.

ވޭތުވެދިޔަ 2016 ވަނަ އަހަރު ޖޫން މަހުގެ ނިޔަލަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. މިގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ވައްކަމުގެ 1994 މައްސަލައަކާ، މާރާމާރީގެ 429 މައްސަލައަކާ، ފޭރުމުގެ 376 މައްސަލައަކާ އަދި މަސްތުވާތަކެތީގެ 1239 މައްސަލައެއް ހުށަހެޅިފައިވެއެވެ. ނަމަވެސް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހުށަހެޅިފައިވަނީ  ވައްކަމުގެ 1546 މައްސަލައަކާ، މާރާމާރީގެ 374 މައްސަލައަކާ، ފޭރުމުގެ 356 މައްސަލައަކާ އަދި މަސްތުވާތަކެތީގެ 1041 މައްސަލައެވެ. މީގެ އިތުރުން ޓްރެފިކް އެކްސިޑެންޓްގެ 1282 މައްސަލަ ވޭތުވެދިޔަ އަހަރު ޖޫން މަހުގެ ނިޔަލަށް ހުށަހަޅާފައިވާއިރު މިއަހަރުގެ އެ މުއްދަތުގައި ޓްރެފިކް އެކްސިޑެންޓްގެ 1107 މައްސަލަވަނީ ހުށަހަޅާފައެވެ.

މިމުއްދަތުގެ ތެރޭގައި ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ހައްޔަރު ކުރެވިފައިވާ މީހުންގެ ޢަދަދަށް ބަލާއިރު އެންމެ ގިނައިން މީހުން ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައެވެ. މިގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި 2016 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް 1419 މީހުން ހައްޔަރުކޮށްފައިވެއެވެ. މީގެއިތުރުން ވޭތުވެދިޔަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް މާރާމާރީގެ މައްސަލަތަކުގައި 250 މީހުން، ވައްކަމުގެ މައްސަލަތަކުގައި 529 މީހުން، ފޭރުމުގެ މައްސަލަތަކުގައި 86 މީހުން ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް މާރާމާރީގެ މައްސަލަތަކުގައި 1097 މީހުން، މާރާމާރީގެ މައްސަލަތަކުގައި 257 މީހުން، ވައްކަމުގެ މައްސަލަތަކުގައި 359 މީހުން، އަދި ފޭރުމުގެ މައްސަލަތަކުގައި 99 މީހުން ހައްޔަރުކޮށްފައިވެއެވެ.

ފާއިތުވި 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ހަމަސްދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މުދަލަށް ގެއްލުންދިނުމާއި އަދި ޚިޔާނާތުގެ މައްސަލަތައް ހުށަހެޅިފައިވާ ޢަދަދު ވަނީ އިތުރުވެފައެވެ. އަދި މީގެ އިތުރުން މާރާމާރީ އަދި ފޭރުމުގެ މައްސަލަތަށް ހުށަހެޅިފައިވާ ޢަދަދު މަދު ނަމަވެސް މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ ޢަދަދު ވަނީ އިތުރު ވެފައެވެ.