މުލަކުގައި ފުލުހުން ހިންގި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --
މުލަކުގައި ފުލުހުން ހިންގި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --

ކުށްމަދު ކުރުމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މުލަކުގެ ފިހާރަތަކާއި ގޭބިސީތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ހިނގާ ޖޫން މަހުގެ 5 ން 9 އަށް ހިންގި މި ޕްރޮގްރާމުގައި ކުށްމަދު ކުރުމާއި ގުޅޭގޮތުންނާއި ވިޔަފާރަވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން  ފައިސާ ގެންގުޅުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ފައިސާގެ ސެކިއުރިޓީ ފީޗަރސްތަކުގެ މަޢުލޫމާތާއި ފިހާރައާއި މުދަލުގެ ރައްކާތެރިކަމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މ. މުލަކުގައި މަސައްކަތްކުރާ ފުލުހުން ހިންގި މި ޕްރޮގްރާމުގައި ގޭބިސީތަކަށް ޒިޔާރަތްކޮށް އާންމުކޮށް ހިނގާ ކުށްތަކަކީ ކޮބައިކަމާއި އެފަދަ ކުށްތަކުން ސަލާމަތަށްވުމަށް ކުރެވިދާނެ ކަންކަމާއި ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލުމާތުދީފައިވެއެވެ.

މި ޕްރޮފްރާމް ކުރިއަށް ދިޔައިރު މުލަކު ވިޔަފާރަވެރިންނާއި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.

ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުންދަނީ އެރަށްރަށުގެ ވިޔަފާރަވެރިންނާއި އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ސިލްސިލާ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.