News Card

الحمد لله رب العالمين، والصلاة والسلام على خاتم الأنبياء والمرسلين، سيدنا محمد وعلى آله وصحبه أجمعين

        މިއީ 1438ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ހިޔާވަހިކަން އަޅުގަނޑުމެންނަށް ލިބުނު ނަސީބުވެރި ވަގުތެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، ރަމަޟާންމަހަކީ ހެޔޮކަމާއި ދަރުމައިގެ މައްސަރެވެ. އޯގާވަންތަ ﷲގެ ރުއްސެވުމާއި ފުއްސެވުން އަޅުތަކުންގެ މައްޗަށް ނުހަނު ދީލަތިވެގެންވާ މައްސަރެވެ. އެހެންކަމުން މި ފަދަ މާތް މަތިވެރި ފުރުޞަތެއް އަޅުގަނޑުމެންގެ ޙަޔާތުގައި ލެއްވިކަމަށްޓަކައި ރަޙްމާނުވަންތަ ﷲއަށް ޙަމްދު ދަންނަވަމެވެ. އަދި އެ އަށް ފަހު، މި ބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދެކަނބަލުންނަށާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދަށާއި، ދިވެހި އެންމެހައި ފުލުހުންނަށް އަރިސްކުރަމެވެ. ފުލުހުންގެ މުއައްސަސާގައި ޚިދުމަތްކުރައްވާ މަދަނީ އެހެނިހެން މުވައްޒަފުން ވެސް، ދިވެހި ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ އެންމެހައި ފުލުހުންނާއި، އަދި އަޅުގަނޑުމެން އެންމެންގެ ލޮބުވެތި އާއިލާތަކާއި މުސްލިމް ދިވެހި އެންމެހައި ރައްޔިތުން ހިމެނޭ ގޮތުންނެވެ.

         މީގެ ދުވަސްކޮޅެއް ކުރީން އަޅުގަނޑުމެން އުޅުނީ ބޯފެން ލިބުން ދަތިވެގެންނެވެ. މި ދުވަސްވަރަކީ ވާރޭ ތިޔާގި ދުވަސްވަރެކެވެ. ޙިކްމަތްތެރީން އަޅުގަނޑުމެންނަށް ނަސޭހަތްތެރިވަނީ، ވެހޭތާ ފެންނެގުމަށެވެ.

        އެހެންކަމުން ރަމަޟާނުގެ ދީލަތި މޫސުމުން ހެޔޮކަން  ލިބިގަތުމުގެ މުރާލިކަމާއި ޝައުޤު އަޅުގަނޑުމެންގައި ލައްވާށިއެވެ. ނުރަނގަޅު ޢަޤީދާތަކުންނާއި، ނުރަނގަޅު އަމަލުތަކުން ވަކިވެ، ހެޔޮ މަގުގައި ހެޔޮ ގޮތުގައި ސާބިތުގެ ތިބުމުގެ ހިތްވަރާއި އީމާން އަޅުގަނޑުމެންގެ ހިތްތަކަށް ދެއްވާށިއެވެ. ދިވެހި ޤައުމަށް ދިވެހީންނަށް އަބަދު ވެސް ހެޔޮ ގޮތްތައް މިންވަރު ކުރައްވާށިއެވެ.

        رمضان كري

                                                01 ރަމަޟާން 1438

                                              26 މެއި 2017