ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި މަސައްކަތްކުރާ ފުލުހުންނަށް ހިންގި ކައުންޓަރ ޓެރަރިޒަމް ލިއޭޒަން އޮފިސަރުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމުގެ ތެރެއިން --
ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި މަސައްކަތްކުރާ ފުލުހުންނަށް ހިންގި ކައުންޓަރ ޓެރަރިޒަމް ލިއޭޒަން އޮފިސަރުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމުގެ ތެރެއިން --

.ކައުންޓަރ ޓެރަރިޒަމް ލިއޭޒަން އޮފިސަރުން ތަމްރީން ކުރުމުގެ ޕޮރަގްރާމެއް ސައުތު ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިންގައިފިއެވެ

މެއި މަހުގެ 18 ން 19 އަށް ލ. ގަން ޕޮލިސް ސްޓޭޝަންގެ ކޮންފަރެންސް ހޯލުގައި ކުރިއަަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމަކީ ކައުންޓަރ ޓެރަރިޒަމް ޑިވިޜަނަލް އޮފިސަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމަކީ ކައުންޓަރ ޓެރަރިޒަމްގެ ކުށްތައް ހުއްޓުވުމަށް އަތޮޅުތަކުގެ ތެރެއިންވެސް ކަމާގުޅުންހުރި މަޢުލޫމާތު ހޯދައި ރައްކާތެރިވުމުގެ ގޮތުން ދުރާލާ ފިޔަވަޅުތައް އެފަދަ ކުށްތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ.

  ފުލުހުންގެ ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސުން ޑިވިޜަންތަކުގައި ލިއޭޒަން އޮފިސަރުން ތަމްރީން ކުރުމުގެ ގޮތުން ހިންގި ދެ ދުވަހުގެ މި ތަމްރީން ޕޮރަގްރާމުގައި ތ. އަތޮޅުގައި މަސައްކަތްކުރާ 08 ފުލުހަކާއި ލ. އަތޮޅުގައި މަސައްކަތް  5 ފުލުހަކު ބައިވެރިވެފައިވެއެވެ.

މިއީ އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންނަށް ހިންގި މިފަދަ ދެވަނަ ޕްރޮގްރާމެވެ. މި ތަމްރީން ޕްރޮގްރާމުގެ ފުރަތަމަ ޕްރޮގްރާމް ހިންގާފައިވަނީ އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި މަސައްކަތްކުރާ ފުލުހުންނަށެވެ.