ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮަޕަރޭޝަނުގައި ބަލައިފާސްކުރި ގެއަކުން ފެނުނު މަސްތުވާތަކެތި --
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮަޕަރޭޝަނުގައި ބަލައިފާސްކުރި ގެއަކުން ފެނުނު މަސްތުވާތަކެތި --

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮަޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މާލޭގެ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި މަހުގެ 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ އަންހެނެކެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައިފާސްކޮށްފައިވާއިރު މި ގެ ބަލައިފާސްކުރުމުގައި ފާރަ ބޭނުންކޮށްފައިވެއެވެ.

ފާރަ ގެނައިގެ އެހީތެރިކަމާއެކު ހިންގި މި އޮޕަރޭޝަނުގައި އެގެ ބަލައިފާސްކުރިއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 3 ދަޅަކާއި 18 ރަބަރު ޕެކެޓްގެ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބާޒާރު ދެ ކޮަތަޅާއި 15000 ރުފިޔާ އާއި ބޭރު ފައިސާތަކަކާއި ކަސްޓަމްސް ލޯގޯޖެހި ސްޓޭމްޕަކާއި ކައްޓާއެއް ފެނިފައިވެއެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައެވެ. އެގޮތުން 19 އަހަރުގެ އަންހެން މީހާއަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 28  އަހަރުގެ މީހާއަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުޤީޤު ކުރަމުންނެވެ.