Th. Atoll3

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނދު މޫސުމުގެ ވިއްސާރައިގައި އެކި ރަށްރަށުގައި ފެންބޮޑުވެ ގޯތި ގެދޮރަށާއި މުދަލަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފުލުހުން ދަނީ އެރަށް ރަށުގައި ރައްޔިތުންނާއެކު މުއައްސަސާތަކާއެކު ޙަރަކާތްތެރި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މިހާރު ކުރަމުންދާ ހުޅުމޫސުމުގެ ވިއްސާރައިގެ ވައިގަދަވެ ބޯކޮށް ވާރޭވެހުމުގެ ބައެއް ރަށްރަށަށް ގެއްލުންތައް ވެފައިވާއިރު ރޭ ވަނީ އައްޑޫ ސިޓީއަށް ނަގޫރޯޅިއެއް އަރައި ބައެއް ގެތަކަށް ގެއްލުންތަކެއް ވެފައެވެ.

Th.Atoll2

މި ހާދިސާގައި އައްޑޫ ސިޓީ ހިތަދޫގެ 16 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބި ބައެއް ގޭގޭގެ ފުރާޅު އެއްލާލާފައިވާއިރު ފުލުހުންދަނީ ކަމާގުޅުންހުރި އެހެން މުއައްސަސާތަކާއެކު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުންނެވެ. މީގެއިތުރުން ފުލުހުންދަނީ ގެއްލުންތައް ލިބުނު ގެތަކަށް ސާފުކުރުމުގެ މަސައްކަތުގައާއި އެ ގެތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގައިވެސް ހަރަކާތްތެރިވަމުންނެވެ.

Addu City

އައްޑޫ ސިޓީގެ އިތުރުން ތ. ގުރައިދޫ، މަޑިފުށި، ތިމަރަފުށި، ހިރިލަންދޫ، ދިޔަމިގިއްޔަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގޮތިގޮދަރަށް ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ފެން ހިއްދުމުގެ މަސައްކަތުގައާއި ގޭގެއަށް ފެން ނުވަންނަ ގޮތަށް ވެލިބަސްތާ ޖެހުމުގައި ތ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުންދަނީ ރައްޔިތުންނާއި އެރަށްރަށުގެ މުއައްސަސާތަކާއި ގުޅިގެން ހަރަކާތްތެރިވަމުންނެވެ.

Rathafandhoo

މީގެއިތުރުން ގދ. ރަތަފަންދޫގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިއްދުމުގެ މަސައްކަތްތަކުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ރަތަފަންދޫގެ އިތުރުން ގދ. މަޑަވެލީގައިވެސް ފެންބޮޑުވެ އެރަށުގެ ބައެއް ގޭގެއަށް ފެންވަދެ އެކިވަރުގެ ގެއްލުންތައްވަނީ ވެފައެވެ.