neyfaru1

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢްލޫމާތަކާއި ގުޅިގެން ޅ.ނައިފަރު ޕޮލިސް ސްޓޭޝަނާއިި ފުލުހުންގެ އިންޓެލިޖެންސާއި ގުޅިގެން  މެއި 14 ވަނަ ދުވަހު 14:50 ހާއިރު ހިންގި މި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ވަނީ 31 އަހަރުގެ ފިރިހެނެކެވެ.

ޅ. އަތޮޅުގައި ދަތުރު ކުރާ ފެރީގައި އިންދާ އޭނާ ފުލުހުންެގެ ބެލުމުގެދަށަށް ގެނެސް ބަލާފާސްކުރިއިރު އެމީހާ އިން ގޮނޑިދަށުގައި އޮތް ޓިޝޫ އެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 15 ރަބަރު ޕެކެޓާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި  ސްލޯފިންކޮޅެއް ފެނިފައިވެއެވެ. މިމައްސަލާގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާރޒް އިން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީޤު ކުރިއަށް ގެންދިއުމަށް 07 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.