IMG_2387

ފުލުހުންނާއި މިނިސްޓްރީ އޮފް ޖެންޑަރ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ޔުނިސެފް ގުޅިގެން ކ. އަތޮޅު ކޮމިއުނިޓީ ސޯޝަލް ގްރޫޕް ސްކިލްސް ޑެވެލޮޕްމަންޓް ޓްރެއިނިންގ ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

މިކަމަށްޓަކައި އިއްޔެ ހަވީރު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާދެއްވީ މިނިސްޓްރީ އޮފް ޖެންޑަރގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޒާހިރުއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޖެންޑަރގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޒާހިރު ދެއްކެވި ވާހަކަފުޅުގައި ކޮމިއުނިޓީ ސޯޝަލް ގްރޫޕްތަކުގެ ބޭނުމަކީ އަލާލުމާއި އޯގާތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް ހާއްސަކޮށް ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ރަށްރަށުގައި ހުރި މުއައްސަސާތަކުން ގުޅިގެން ޚިދުމަތް ދޭނެ ނިޒާމެއް ޤާއިމްކުރުންކަމުގައި ވިދާޅުވިއެވެ. އަދި ކ. އަތޮޅުގެ ކޮމިއުނިޓީ ގްރޫޕް އުދެފިގެން ދިޔުމާއެކު މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ޚިދުމަތްތަކެއް ދެވިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

IMG_2341

މެއި މަހުގެ 14 ން 16 އަށް ހިންގި ކ. އަތޮޅު ކޮމިއުނިޓީ ސޯޝަލް ގްރޫޕް ސްކިލްސް ޑެވެލޮޕްމަންޓް ޓްރެއިނިންގ ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޖެންޑަރ އިން އިސްނަގައިގެން އުފައްދާފައިވާ ކޮމިއުނިޓީ ސޯޝަލް ގްރޫޕްތަކަށް ބޭނުންވާ ހުނަރާއި ކަމާގުޅުންހުރި ތަމްރީން ދިނުމުގެ ގޮތުން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ކ. އަތޮޅު ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން އެރަށްރަށުގައި ހުރި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

IMG_2363

ތަމްރީން ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޖެންޑަރ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި ފުލުހުންގެ ޕަބްކިލް އެފެއަރޒް ޑިޕާޓްމަންޓްގެ އިސްވެރިންނާއި ތަމްރީން ޕްރޮގްރާމްގެ ބައިވެރިން ބައިވެރިވެފައިވެއެވެ.