0-02-06-91b9e7ab50f015277578ff4f354a614a762bb434cfa7b5d7eccc0532e2c422d7_full

އއ.ރަސްދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން އިސްނަގައިގެން އއ.މާޅޮހުގައާއި އއ.އުކުޅަހުގައި ޓްރެފިކް އޮޕަރޭޝަނަކާއި ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޕްރޮގްރާމެއް ހިންގައިފިއެވެ.

މި މެއި މަހުގެ 15 ވަނަ ދުވަހު މިދެރަށުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްތަކަކީ ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް އއ. އަތޮޅުގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމުގެ ތެރެއިން ހިންގި ޕްރޮގްރާމެކެވެ.

އެގޮތުން އެ ދެރަށުގައި ޓްރެފިކް އޮޕަރޭޝަނަކީ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން އެރަށްރަށުގެ ވިޔަފާރިކުރާ ތަންތަނަށާއި ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގާފައިވެއެވެ.

އެދެރަށުގެ ތެރެއިން އުކުޅަހުގައި ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަނުގައި 19 އުޅަނދެއް ބަލައިފާސްކޮށްފައިވާއިރު މާޅޮހުގައި ވަނީ 3 އުޅަނދެއް ބަލައިފާސްކޮށް ރޯޑްވާދިނަސް އާއިި، އަހަރީ ފީއާއި އިންސްއަރެންސް ސްޓިކާ މުއްދަތު ހަމަވެފައިވޭތޯ ބަލައި ޓްރެފިކް އެހެން ވައިލޭޝަންތައް ބަލާފައެވެ.

aaa

ރައްޔިތުން ހޭލުންތެރިކުރުމުގެ އެރަށުގެ ވިޔަފާރި ކުރާ ތަންތަނަށާއި ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމުގައި ވަނީ ވިޔަފާރަވެރިން ސަމާލުކަންދޭންވީ ކަންކަމާއި ފިހާރަތަކުގެ ސަލާމަތީގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ރޯދަމަހުގައި އާއްމު ހިންގާ ކުށްތަކަކީ ކޮބައިކަމާއި އެކުށްތަކުން ސަލާމަތްވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ގޭގެއަށް ޒިޔާރަތްކޮށްވަނީ އާންމުކޮށް ހިންގާ ކުށްތަކާއި އެކުށްތަކުން ސަލާމަތްވުމަށްޓަކައި ސަމާލުކަން ދޭންވީ ކަންކަމާއި ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުށްމަދު ކުރުމަށް ކުރެވިދާނެ ކަންކަމުގެ އިތުރުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޢުލޫމާތު ހޯދާފައިވެއެވެ.

މާޅޮހާއި އުކުޅަހުގައި ފުލުހުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ކުރިއަށްދިޔައިރު އެރަށްރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.